ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް ގާއިމުކުރުމަށް ހަވާލުކޮށްފި
ފ. ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް ގާއިމު ކުރުމަށް އެސްޓީއޯ އާއި ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ހަތަރު އަތޮޅަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ފ. އަތޮޅުގެ ނިލަންދޫއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން ފިއުލް ސްޓޯރޭޖް އެޅުމަށް އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ސިމާދު އިބްރާހިމެވެ. އަދި އިޝާން އިވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރު، އުއްމު ކުލްސޫމެވެ.…