މޮރިޝަސް އާއި ކަޒަކިސްތާނަށް ސަފީރުން އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
ދިވެހިރާއްޖޭން ކަޒަކިސްތާނާއި މޮރީޝަސްއަށް ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. އެކި ޤައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނާއި ނޮން ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަޒަކިސްތާނާއި މޮރީޝަސްއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ ކަޒަކިސްތާނަށް ރާއްޖޭން ކަނޑައަޅުއްވާ…