ފުވައްމުލަކު ރައްޔިތުންނަށް ފެނަކައިން ދޫކުރާ ފެނަކީ ބޯ ފެނުގެ މިންގަނޑަށް ފެތޭ ސާފު ފެން: އެމްއެފްޑީއޭ
ފުވައްމުލަކުގެ ފެނުގެ ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ދޫކުރާ ފެނަކީ ބޯން ރައްކާތެރި ފެން ކަަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން މިއަދު ހަވީރު ނެރުނު ކުރު ބަޔާނެއްގައި ބުުނީ ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެނުގެ ސާމްޕަލް ނައި ތަހުލީލުކޮށްފައިވާ ކަމަށެވެ. އަދި އެ ތަހުލީލުތަކުގެ ނަތިޖާ ދައްކާ ގޮތުން ފުވައްމުލަކަށް މިހާރު ދޫކުރަމުން އަންނަ ސަޕްލައި ފެނަކީ ޑަބްލިއެޗްއޯގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ…



