ތަރައްގީގެ 1،875 މަޝްރޫއު ހިނގަމުން އެބަދޭ: ރައީސް
ދައުލަތުގެ ހުރިހާ ވުޒާރާތަކެއް ހިމެނޭހެން ތަރައްގީގެ 1،875 މަޝްރޫއު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މިހެން ވިދާޅުވެފައި މިވަނީ މިސަރުކާރަށް ދެ އަހަރުވީއިރު ތަރައްގީއާ ގުޅޭ އެއްވެސް ކަމެއް ކުރެވިފައި ނެތް ކަމަަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ވަގުތެއްގައެވެ. ރައީސްގެ ވާހަކަފުޅުގައި 1،875 މަޝްރޫއަށް އަލިއަޅުއްވާލައްވައި ވިދާޅުވީ އުމްރާނީ ތަރައްގީއަކީ މި ސަރުކާރުން އެންމެ…


