މިނިސްޓަރު ހަލީލު ބެލްޖިއަމަށް ފުރާވަޑައިގެންފި
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ބެލްޖިއަމަށް ފުރާވަޑައިގެންފިއެވެ. ރޭގެ ވަގުތެއްގައި ހަލީލު، ބެލްޖިއަމްއަށް ފުރާވަޑައިގެންނެވީ ހައި-ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް، ކާޔާ ކަލާސްގެ ދައުވަތަކަށް ހަތަރުވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ފޮރިން މިނިސްޓްރީން ބުނީ މިމަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ކުރިއަށްގެންދާ އެ ފޯރަމަކީ ޔޫރަޕިއަން ޔޫނިއަން…




