ޖަޕާނަށް އައްޔަން ކުރާ ސަފީރަކަށް މަހްލޫފްގެ ނަން ފޮނުވައިފި
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މަހުލޫފް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް މިއަދު ނަން ފޮނުވައިފިއެވެ. އެހެންވެ، މަހުލޫފްގެ ނަން ދިރާސާކުރަން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފިއެވެ. ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާ ނަންތައް ކޮމިޓީން ރުހުން ދިނުމުން، ތަޅުމުން އަދި ރުހުން ދޭން ޖެހޭނެއެވެ. ސަފީރުކަމަށް އައްޔަންކުރާނީ އެއަށް ފަހުގައެވެ. އެމްޑީޕީން ވަކިވެ ޕީއެންސީއަށް މަހުލޫފް ސޮއިކުރެއްވީ މި މަހު 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު…




