މަސްވެރިންގެ ދުވަސް ފާހަގަ ކުރަން މިނިސްޓަރ ދުވާފަރަށް ވަޑައިގެންފި
2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހާގަ ކުރުމުގެ ގޮތުން މާޅޮސްމަޑުލުއުތުރުބުރީ ދުވާފަރުގައި ބައްވާ ހަރަކާތްތަކާއި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ދުވާފަރަށް ވަޑައިގަންނަވައިފިއެވެ. ވަޒީރަށް ދުވަފަރުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރަގެ މެމްބަރު މުހައްމަދު އަލީ އާއި ދުވާފަރު ކައުންސިލްގެ ރައީސްއާއި ކައުންސިލްގެ އިސްވެރިންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނެވެ. ވަޒީރު ޝިޔާމް ދުވާފަރަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ސަގާފީ ހަރަކާތްތަކާއި އެކު އެމަނިކުފާނަށް ވަރަށް…



