ކަސްޓަމްސް އިން ލަންކާއަށް 135،700ރ. ހަދިޔާކޮށްފި
ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ސްރީ ލަންކާއަށް 135،700 ރުފިޔާ ހަދިޔާކޮށްފި އެވެ. ކަސްޓަމްސް އިން އެ ފައިސާ ހަވާލުކުރީ ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނާ އެވެ. ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް އެހީގެ ގޮތުގައި މިހާތަނަށް 6.5 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިފައިވާއިރު، އެގައުމަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެއިން ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ލަންކާގެ ނޫހެއް ކަމަށްވާ "ސިލޯން ޓުޑޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލިބުނު އެހީގެ…






