ޑްރަގާ އެކު 43 އަހަރުގެ އަންހެނެއް ހައްޔަރަށް!
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ލ. ގަމުން އަންހެނަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައި ވަނީ ލ. ގަން، ތުނޑި، ރޯސް، އާމިނަތު ނިޢުމާ، 43، އެވެ. އޭނައާ އެކު އެ ރަށު ޖަވާހިރުވިލާ، ޙުސައިން ޢާމިރު، 47، ވެސް ހައްޔަރުރި އެވެ. ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ މި މަހު 15 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސް ކުރި އިރު މަސްތވާތަކެތި ކަމަށް ޝައްކު ކުރެވޭ…




