ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މުޙައްމަދު އިމްތިޠާއު
ޒަކާތުގެ ގާނޫނުގެ ދަށުން އެކުލަވައިލި ޒަކާތު ކައުންސިލުން، މޯލްޑިވްސް ޒަކާތު ހައުސްގެ އައު ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް އިމްތިޠާއު ޢައްބާސް އައްޔަންކުރައްވައިފިއެވެ. ޒަކާތު ހައުސް އިން ހާމަކުރާ ގޮތުގައި އައްޝައިޚް އިމްތިޠާއު މަޤާމަށް އައްޔަންކޮށްފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކާ އިންޓަރވިއުކުރުމަށް ފަހު، އެ ފަރާތްތަކުގެ ޤާބިލުކަމާއި ތަޢުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަޤާމަށް އައްޔަނުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ އެ ބޭފުޅާކަމަށް ޒަކާތު ކައުންސިލުން ނިންމާފައިވާތީއެވެ. 14…


