ވީއައިއޭއަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތް ލިބޭ ތަނަކަށް ހެދުމަކީ އަމާޒެއް: ޝަރީފް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތް ލިބޭ ތަނަކަށް ހެދުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އިއްޔެ ވިދާޅުވެއްޖެއެވެ. ޝަރީފް އެގޮތަށް ވިދާޅުވީ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަސިންޖަރުންނަށް ވީއައިއޭގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް…




