އޮސްޓްރޭލިއާގެ އެންމެ އާބާދީ ބޮޑު އެއް ސްޓޭޓް، ނިއު ސައުތު ވޭލްސްގެ އިސް އޮފިޝަލުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ވޭލްސްގެ ސްޓޭޓް މިނިސްޓަރެއް ކޮވިޑަށް ޕޮޒިޓިވް ވުމާއިއެކު ހެލްތު މިނިސްޓަރު ވަނީ އައިސޮލޭޝަންއަށް ލައިފަ އެވެ. މީގެ އިތުރުން ވޭލްސްގެ އެގްރިކަލްޗާ މިނިސްތަރު އާދަމް މާޝަލް ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވަރަށް ފަހުން ބޭއްވި އިސް އޮފިޝަލުންގެ ހަރަކާތެއްގައި އެގްރިކަލްޗާ މިނިސްޓަރާއިއެކު ސްޓޭޓް ޕާލަމެންޓުގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މިހާތަނަށް 36 އޮފިޝަލަކު ވަނީ ކޮންޓެކްޓް ޓްރޭސިންގައ ފާހަގަ ކުރެވިފަ އެވެ.
ވޭލްސްގެ ސަރުކާރުން ވަނީ ކޮވިޑުގެ އިތުރު ރާޅެއް ނަގައިފާނެ ކަމަށްޓަކައި ރައްކާތެރިވެ ތިބުމަށް މިއަދު އިލްތިމާސްކޮށްފަ އެވެ.
ވޭލްސްގައި ކޮވިޑް ކޭސްތައް މުޅިންހެން މަދުވެފައިވަނިކޮށް އަލަށް ނެގި ރާޅުގައި 49 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އިއްޔެ އެކަނިވެސް 11 މީހުން ޕޮޒިޓިވްވި އެވެ.
ވޭލްސްގައި ކޮވިޑުގެ އިތުރު ރާޅެއް ނަގައިފާނެ ކަމުގެ ބިރާއިއެކު ފިޔަވަޅުތައް ވަރުގަދަ ކުރަން ވިސްނަމުން ދާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އިއްޔެއިން ފެށިގެން ބައްޔަށް ޓެސްޓު ކުރާ މިންވަރު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އިއްޔެ އެކަނި 48،402 މީހުން ބައްޔަށް ޓެސްޓު ކުރި އެވެ. އޭގެ ކުރީ ދުވަހު ޓެސްޓު ކުރީ 44.640 މީހުންނެވެ.
އޮސްޓްރޭލިއާގެ އާބާދީގެ ފަސްބައިކުޅަ އެއްބައި ދިރިއުޅެނީ ވެރިރަށް ސިޑްނީގަ އެވެ. އެތަން މިހާރު ވަނީ އެއްކޮށް އައިސޮލޭޓް ކޮށްފަ އެވެ. އެގޮތުން އެހެން ސްޓޭޓްތަކުން ސިޑްނީއަށް ދިއުމަށް ގަވާއިދުތަކެއް ހަދައި ބޯޑަރުތައް އާންމުކޮށް ވަނީ ބަންދުކޮށްފަ އެވެ.
ވޭލްސްގައި އިއްޔެއިން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު ލޮކްޑައުންއަކަށް ދިޔުމުގެ ފުރުސަތުވެސް އެބަ އޮތެވެ. އިއްޔެއިން ފެށިގެން ގޭގެއަށް ޒިޔާރާތް ކުރުން މަދުކޮށް ފަސް މީހުންނަށްވުރެއް ގިނައިން އެއްކޮށް ބޭރުގައި އުޅުންވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ކުޅިވަރު ހަރަކާތްތަކާއި އެހެނިހެންވެސް އެއްވުންތައް މިވަގުތަށް ވަނީ ހުއްޓުމަކަށް ގެނަސްފަ އެވެ.
ވޭލްސްގައި އަލަށް އުފެދުނު ރާޅުގައި ފެތުރެން ފަށާފައިވަނީ އިންޑިއާ ވޭރިއެންޓުކަމަށް ބެލެވެ އެވެ. އެހެންކަމުން އެ ވޭރިއެންޓު ދައުރުވުން އަވަސްވާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.