1445 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ގަޑިތައް އިއުލާން ކޮށްފިއެވެ. އެގޮތުން ފެމިލީ ކޯޓުން ރޯދަމަހާއި އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނި ކޮށްދިނުމަށް ހަމަޖައްސާފައިވަނީ ތިރީގައި އެވާ ގަޑިތަކުގައެވެ.
1) ރަމަޟާން މަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް؛
1.1) ކޯޓުގައި ކައިވެނިކޮށްދޭ ގަޑިތައް:
ރަސްމީ ދުވަސްތަކުގެ
– 09:30 އިން 12:30 އަށް.
– 21:30 އިން 23:30 އަށް.
1.2) ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތައް:
ހަފުތާގެ ކޮންމެ ދުވަހެއްގެ: 21:30 އިން 23:30 އަށް.
2) ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް؛
2.1) ކޯޓުގައި ކައިވެނިކޮށްދޭ ގަޑިތައް:
ރަސްމީ ދުވަސްތަކުގެ
– 09:30 އިން 12:30 އަށް.
– 16:00 އިން 17:30 އަށް.
– 19:30 އިން 21:30 އަށް.
2.2) ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތައް:
ކޮންމެ ދުވަހެއްގެ: 16:00 އިން 17:30 އަށް.