މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވީޑިއޯ ނުޖައްސަވައި ވާހަަކަ ދައްކަވާތީ އެމްޑީޕީ މެމްބަރުން މައްސަލަ ޖައްސައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސައީދުގެ ވާހަކަ ކުރިއަށްގެންދަވަނިކޮށް ނިޒާމީ ނުކުތާ ނަންގަވައި ބައެއް އެމްޑީޕީ މެމްބަތުން ވަނީ އެގޮތަށް އޯޑިއޯކޮށް ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އާއި ބިލެތްދޫ ދާއިރާގެ މެމްބަ ރުއާދަމް ހަލީމް ވިދާޅުވީ ވީޑިއޯކޮށް ވާހަކަ ނުދެއްކޭނެ ކަމަށެވެ. އެއީ މުޅިން ޚިލާފު ކަމެއް ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ މެމްބަރުންނަށް ވީޑިއޯ ނުޖެއްސޭފަހަރު ވެސް އަންނަ ކަމަށާއި ނަމަވެސް އެއީ މެމްބަރުންކަން އެނގެނީ އަޑުން ކަމަށެވެ. އަދި ކުރިން ވެސް އެގޮތަށް އޯޑިއޯކޮށް ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވި އެވެ.
ބައެއްފަހަރު މެމްބަރުންނަށް ވީޑިއޯ ނުޖެއްސޭފަހަރު ވެސް އާދޭ. ވީޑިއޯ ނުޖެއްސި ނަމަވެސް މެމްބަރުންގެ އަޑު އެނގޭ
ކޮވިޑް-19ފެތުރެން ފެށުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ މިހާރު އޮންލައިން ކޮށެވެ. ޕެންޑަމިކްގެ ކުރީކޮޅު ވެސް މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔައެވެ.