މާލޭގެ ބައެއް މިސްކިތްތަކުން ފަންކާތަކަކާއި ފެން މޯޓަރެއް ވަގަށް ނަގައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ވައްކަން ކުރާ މީހަކު މިސްކިތަކަށް ވަދެ ސްޓޭންޑް ފައްކާއެއް ގެންދާ މަންޒަރުގެ ސީސީޓީވީ ފްޓޭޖުވެސް އާންމުކޮށްފަ އެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ނަގާފައިވަނީ ތަގުވާ މިސްކިތުންނެވެ. ފެން މޯޓަރު ވަގަށް ނަގާފައިވަނީ ދަރުމަވަންތަ މިސްކިތުންނެވެ.
މިސްކިތުން ވަގަށް ތަކެތި ނަގާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ބުނެފައެއް ނުވެ އެވެ.

+1
+1
+1
+1
+1
+1