ބ އޭދަފުށީގައި 1000 ހައުސިން ޔުނިޓުއެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ސަލީމްގެ ކެމްޕޭން ހަރާކާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ލަސްތަކެއް ނުވެ މިހާރުވެސް އޭދަފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރައްވާ މަސައްކަތްތައް ޢަމަލީގޮތުން ފެށިގެންދާނެކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހަޢްލުކުރުމަށް އޭދަފުށީގައި ތަރައްޤީކުރެވޭ ހައުސިންގ ޔުނިޓުތަކުގެ ސަބަބުން އެރަށުގެ އިތުރުން އެދާއިރާ އާއި ޖުމްލަކޮށް މުޅިއަތޮޅަށްވެސް އޭގެ އެދެވޭ ފައިދާކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.
ގެދޮރުވެރިކުމުގެ މަޝްރޫޢުގެ އިތުރުން މުޙިއްމު އެހެންދާއިރާތަކުންވެސް އޭދަފުށި ދާއިރާއަށް ސަރުކާރުންވެފައިވާ މުހިއްމު ވަޢުދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް މަޖިލީހުން ހުއްދަތަކެއް ބޭނުންވާކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވިސްނުމުގެ މެންބަރުން އިޚްތިޔާރުކުރުން މުހިއްމީ އެސަބަބައްޓަކައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭދަފުށީ ދާއިރާގެ ސަރުކާރުގެ ފުރިހަމަ ތާއީދު އޮތް ކެންޑިޑޭޓަކީ ސަލީމް ކަމަށާއި ވީހާވެސް ބޮޑު އަގުލަބިއްޔަތަކުން 20 ވަނަ މަޖިލީހުގެ އެ ގޮނޑިއަށް ސަލީމް އިންތިހާބު ކޮށްދެއްވުމަކީ އެމަނިކުފާނުގެ އިހުލާސްތެރި އެދުމެއް ކަމަށެވެ.