ކޮންމެ މަންމައަކާއި ބައްޕައަކުވެސް ދަރިންނަށް އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ދީ، އެކަމުގެ ނަމޫނާ ދަރިންނަށް ދައްކަންޖެހޭނެ ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ބުނެފި އެވެ.
"ދަރީން ނަމާދަށް އަހުލުވެރި ކުރުވުން" މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ޚުޡުބާގައި ބުނީ މި ގައުމަށް މިއަދު މިވަނީ ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރުމަށާއި، ތަރައްގީއާއި ތަހުޒީބުގެ އާ އުސްމިން ތަކަކަށް ވާސިލް ވުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމުގައެވެ. އަދި މި މަސައްކަތް ކާމިޔާބު ވާނީ، ހެދިބޮޑުވަމުން އަންނަ ޒުވާނުންނަކީ ހެޔޮލަފާ ޖީލަކަށް ހެދިގެން ކަމުގައިވެސް ޚުޡުބާގައި ބުނެފައި ވެއެވެ.
ކޮންމެ މަންމައަކާއި ބައްޕައަކު ވެސް އަމާނާތެއްގެ ގޮތުގައި އެ ދެ މީހުންނާ ހާވާލު ކުރައްވާފައިވާ ދަރީންނާ މެދު ޒިންމާދާރު ބަޔަކަށް ވާން ޖެހޭ ކަމަށާ އެ ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހޭ ކަމަށް ވެސް ހުތުބާގައި ވެ އެވެ.
އެގޮތުން، މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުތަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ގަބޫލުކޮށް، ބަހާއި އަމަލުން ކިޔަމަންތެރިކަން އަދާކުރުމެވެ. އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ. ނަމާދަކީ ދީނުގެ ތަނބު ކަމުގައިވީ ހިނދު ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާ ކުރުން ވާޖިބު އަޅުކަމެކެވެ،
ކާފިރުންނާއި މުސްލިމުންނާ ދެމެދު ތަފާތު ކުރާ އަހުދަކީ ނަމާދު ކަމަަށާ ނަމާދުގެ ވާޖިބު ކަމަށް އިންކާރުކޮށް ނަމާދު އަޅައިފި މީހާ ކާފިރު ވެއްޖެ ކަމަށް ނަބިއްޔާގެ ހަދީސްފުޅުގައި ވާ ކަން ހުތުބާ ގައި ވަނީ ފާހަގަކޮށްފައެވެ.
މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަޑު ޝަރުތަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔާ، ހިތުން ތެދުކޮށް ގަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން އަދާ ކުރުމެވެ. އެއަށްފަހު ދެން އެންމެ އިސްކަން ދޭން ޖެހެނީ ނަމާދަށެވެ. ނަމާދަކީ ދީނުގެ ތަނބު ކަމުގައި ވީހިނދު، ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖިބު އަޅުކަމެކެވެ.
ޚުޡުބާގައި ބުނީ ދަރިންގެ ހިތްތަކުގައި މިސްކިތްތަކަށް ލޯބި ޖެއްސުމާއި ނަމާދަށް ޝައުގުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ހަދަން ޖެހޭ ކަމަށާއި، ކުޑަކުދިން މިސްކިތްތަކަށް އަހުލުވެރި ކުރުވުމުގައި ބެލެނެވެރިންގެ ސަމާލުކަން ނުހަނު ބޭނުންވާނެ ކަމުގައެވެ.
އެގޮތުން މިސްކިތްތަކުގެ އަދަބުތައް އެކުދިންނަށް ދަސްކޮށް ދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް އެކުދިންނަށް ކިޔައި ދިނުމަކީ މިސްކިތުގެ ޖަމާއަތަށް ހާޒިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭންޖެހޭ އިރުޝާދެއްކަމުގައި ޚުޡުބާގައި ބުނެފައި ވެއެވެ.