ސިނަމާލެ ބުރިޖު މަތީގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ މިރޭ ހިނގި މި އެކްސިޑެންޓުގައި ފިރިހެނަކާއި ކުޑަކުއްޖަކަށް އަނިޔާލިބިފައިވާކަމަށާއި އެމީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމުގައެވެ.
މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ސައިކަލެއް އައިސް އެހެން ސައިކަލުގައި ޖެހުމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ލިބުނީ ކިހާ އަނިޔާއެއް ކަމެއް ކަށަވަރެއް ނުވެ އެވެ.
+1
+1
+1
+1
+1
+1