ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ދެ މީހަކު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ ދަންވަރު 1:30 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް އުމުރުން 55 އަހަރުގެ ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އެމީހާއަކީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ.
އޭގެ ފަހުން ރޭ ފަތިހު 5:19 ގައިވެސް ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކު ނިޔާވެފަ އެވެ. އެއީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑުގައި ނިޔާވި މީހުންގެ އަދަދު މިވަނީ 205 އަށް އަރައިފަ އެވެ.
ކޮވިޑު ޖެހިގެން އިއްޔެވެސް ރާއްޖެއިން ދެ މީހަކު ނިޔާވި އެވެ. އޭގެ ތެރެއިން އެކަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނެކެވެ. އަނެއް މީހާއަށް ކޮވިޑު ޖެހިގެން ފަރުވާ ދެމުން ދިޔައީ ލާމު ކޮވިޑް މެނޭޖްމެންޓު ފެސިލިޓީގަ އެވެ.