ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން އިއްޔެ ހެނދުނު ގެއްލުނު ބިދޭސީ މީހާ ކަޔަކް ބޯޓުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދުވަނީ ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ބިދޭސީ މީހާ ގެއްލުނީ ގދ، އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިޒޯޓުން އިއްޔެ ހެނދުނު ކަޔަކްއެއްގައި މޫދަށް ފޭބި ފަހުން ކަމަށެވެ. އެމީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުން އިއްޔެ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައި ވެއެވެ.
އެމީހާއަކީ ރިޒޯޓް ދޯންޏެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެމީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ 15:30 އެހާކަށްހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދިޔަ މީހާ ކަޔަކް ބޯޓްގައި ގއ. އަތޮޅު ރިޒޯޓަކަށް މިއަދު ގޮސްފައިވާ ކަމަށެވެ.