ފުލުހުން ހޯދަނީ އއ. މާޅޮސް ހިތްފަސޭހަގޭ ފާތުމަތު ޔުސްރާ، 36، އެވެ.
ފުލުހުން ބުނީ އޭނަ ހޯދަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.
އޭގެ އިތުރުން ފުލުހުންގެ އިއުލާނުގައިވާގޮތުގައި މި އަންހެން މީހާ ހޯދަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށެވެ. މި އަންހެންމީހާ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖޫން 3 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައިވެ އެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މިފަދަ މައްސަލަތަކުގެ ތަހުގީގަށް ފުލުހުން ހޯދާ މީހުން ވެސް ދަނީ އިތުރުވަމުންނެވެ.