ރިސޯޓު ތަރައްގީ ކުރުމަށް، 12 ރަށާއި 5 ފަޅުރަށް ބިޑަށް ހުޅުވާލައިފިއެވެ. މި ރަށްތަކާއި ފަޅުތައް ތަރައްގީ ކުރެވުމުން ދައުލަތަށް މި އިންވެސްޓްމަންޓްތަކުން 73.5 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިގެން ދާނެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ރަށްތަކާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަޅުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމުގައެވެ.
ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށްދޭން މިހާރު ނިންމާފައިވާ ރަށްތަކަކީ:
-
1- ހދ. ވައިކަރަމުރައިދޫ – 15 ހެކްޓަރުގެ ބިން؛ 1.9 މިލިއަން ޑޮލަރު
-
2- ށ. ކުޑަޅައިމެންދޫ – 13.11 ހެކްޓަރުގެ ބިން؛ 2 މިިލިއަން ޑޮލަރު
-
3- ރ. ދިއްކުރެއްދޫ – 4.83 ހެކްޓަރުގެ ބިން؛ 2.6 މިިލިއަން ޑޮލަރު
-
4- ޅ. ދިއްފުށި (ޅ. މައިދޫއާ އެކު) – 15.17+20.99 ހެކްޓަރު؛ 18.6 މިލިއަން ޑޮލަރު
-
5- ޅ. ވިހަފަރުފިނޮޅު – 0.28 ހެކްޓަރު؛ 640،000 ޑޮލަރު
-
6- ކ. ހިއްމިއްޔާ ފަޅު – 712 ހެކްޓަރު؛ 23.5 މިލިއަން ޑޮލަރު
-
7- އއ. އަލިކޮއިރަށް – 1.47 ހެކްޓަރު؛ 1.3 މިލިއަން ޑޮލަރު
-
8- ތ. ގާލީ (އެ އަތޮޅުގެ އެހެން ރަށަކާ އެކު) – 6.96 އާއި 0.20 ހެކްޓަރު؛ 2 މިލިއަން ޑޮލަރު
-
9- ތ. ރުއްތިބިރަށް – 8.41 ހެކްޓަރު؛ 2.4 މިލިއަން ޑޮލަރު
-
10- ތ. ކަނިމީދޫ – 10 ހެކްޓަރު؛ 2.8 މިލިއަން ޑޮލަރު
-
11- ލ. ކަށިދޫ – 3.11 ހެކްޓަރު؛ 466،500 ޑޮލަރު
-
12- ލ. ބޮޑުމުންޏަފުށި – 3.14 ހެކްޓަރު؛ 471،000 ޑޮލަރު
-
13- ލ. ހަންހުށި – 2.81 ހެކްޓަރު؛ 421،500 ޑޮލަރު
-
14- ގއ. ބޭރުމައުޑޫ – 3.08 ހެކްޓަރު؛ 385،000 ޑޮލަރު
-
15- ގދ. ކަޅެހުއްޓާ – 7.61 ހެކްޓަރު؛ 951،250 ޑޮލަރު
-
16- ކ. އަތޮޅުގެ ފަޅެއް – 45 ހެކްޓަރު؛ 11 މިލިއަން ޑޮލަރު
-
17-ވ. އަތޮޅުގެ ފަޅެއް – 0.62 ހެކްޓަރު؛ 729،000 ޑޮލަރު
މި ރަށްތަކާއި ފަޅުތަކުގައި ރިސޯޓު ތަރައްގީ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ލިޔެކިޔުންތައް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް މިނިސްޓްރީގެ އިއުލާންގައި ވެއެވެ.
+1
+1
+1
+1
+1
+1