ބައިނަލް އަގުވާމީ ކަނޑު ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓްރީން ބޮޑު ރޭސް ބާއްވައިފި އެވެ.
ކަނޑު ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ހަތްވަނަ ދުވަހެވެ.
ފިޝަރީޒް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި އެ މިނިސްޓްރީން ބާއްވާ މުބާރާތަކީ ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކަށް ވެސް ހުޅުވާލާފައިވާ މުބާރާތެކެވެ.
ޕޯސްޓުގައި ވަނަތައް ކަނޑައަޅާފައިވާ އިނާމުތައް ވެސް ލިޔެފައިވެ އެވެ. އެއްވަނައަށް ދާ ޓީމަކަށް 15،000 ރ. އެވެ. ދެވަނަ ހޯދާ ޓީމަކަށް 10،000 ރ. އެވެ. ތިންވަނަ ހޯދާ ޓީމަކަށް 7،000 ރ. އެވެ. އެންމެ ބަރު މަސް ބާނާ މީހާއަށް 1،000 ރ. އެވެ.
އެ މުބާރާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެވެ.
+1
+1
+1
+1
+1
+1