ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ސްޓެލްކޯއިން މިއަދު 27،000 ގަސް އިންދައިފިއެވެ.
ސްޓެލްކޯއިން މިއަދު ގަސް އިންދުމުގެ ހަރަކާތް ފަށާފައިވަނީ ކ. ތުލުސްދޫއިންނެވެ. އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، މިއަދު އިންދާ ގަހުގެ ފައިދާ އެ ބޭފުޅުންނަށް ނުކުރި ނަމަވެސް އެ ކަމުގެ ފައިދާ މިހާރުގެ ތުއްތު ކުދިންނަށް ކުރާނެ ކަމަށެވެ.
ގަސް އިންދުމަކީ މުސްތަގްބަލަށް ކުރާ އިންވެސްޓްމެންޓެއްގެ ގޮތުގައި ދެކި ވަޑައިގަންނަވާ ކަމަށް ފަހުމީ ވިދާޅިވިއެވެ.
ރައީސްގެ ރިޔާސީ ވައުދު ފުއްދުމަށް، އަތުކުރި އޮޅާަލައްވައި، މިއަދުން މިއަދަށް ސްޓެލްކޯގެ އެމްޑީ ފަހުމީ ވަނީ އެ ކުންފުނީގެ ހުރިހައި މުވައްޒަފުން ޝާމިލުވާގޮތަށް، މުޖުތަމައުގެ ބައިވެރިވުން ހިމެނޭގޮތަށް ފަސް ލައްކަ ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ފަށްޓަވާފަ އެވެ. މިއަދު މި ހަރަކާތް ފެއްޓެވީ މާލެ އަތޮޅު ވެރިކަން ކުރާރަށް ތުލުސްދޫއިންނެވެ. ތުލުަސްދޫ ކައުންސިލްއާ ގުޅިގެން މިއަދު ހަވީރު މި ޕްރޮގްރާމް އިފްތިތާހުކުރެއްވީ އެމްޑީ ފަހުމީއާއި ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ. ސްޓެލްކޯގެ މުވައްޒަފުންނާއި، ތުލުސްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދުގެ ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވިއެވެ. ތުލުސްދޫގެ އިތުރުން، ފުރަ މާލެ ސަރަހައްދު ހިމެނޭހެން ސްޓެލްކޯއިން އިންޖީނުގެތައް ހިންގާ 33 ރަށެއްގައި އެއްފަހަރާ ސްޓެލްކޯއިން ގަސް އިންދަން ފަށާފައިވާއިރު މިއަދު ވަނީ ދިވެހި ރުކާއި، ކިނބިގަހާއި، ދިއްގާގަހާއި، ހިރުނދުގަހުގެ އިތުރުން އޮފި އެލޭ ގަސްތައް ހިމެނޭހެން 21,007 ގަސް އިންދާ ފެންދޭން ފަށާފަ އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް މުއިއްޒު ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވާފައިވާ ޕްރޮގްރާމެއްކަން ފާހަގަކޮށްލެވެއެވެ.