މިއަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ވެސް އައީ ޓްރެވެލް ވެކްސިން ފުރިހަމަކޮށްގެން ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިރޭ ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަން އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަޢުދީ އަރަބިޔާއަށް ދަތުރުކުރި ހުރިހާ ހައްޖުވެރިން ވެސް ވަނީ ސައުދީ ހައްޖު މިނިސްޓަރީގެ ގައިޑްލައިންތަކާއި އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ވެކްސިނެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.
މިގޮތުން އެ ކޯޕަރޭޝަނުން ބުނީ ހުރިހާ ހައްޖުވެރިން ވެސް އައީ ޕޯލިއޯ، މެނިންގްޖައިޓީސް އަދި އިންފުލުއެންޒާ ވެކްސިން ވެސް ފުރިހަމަކޮށްގެންކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކޯޕަރޭޝަންގެ މެނޭޖްމެންޓުން އެންމެ ޚާއްސަ ސަމާލުކަމެއްދޭ ކަންތައް ކަމަށެވެ.
ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންގޮކޯކޮލްގެ ކޭސް އެއް މިއަދު ރާއްޖެއިން ވަނީ ފެނިފައެވެ.
ނަމަވެސް ބަކާ ހައްޖުގެ އަޅުކަމަށް ދިޔައީ ސައޫދީ ރަސްގެފާނުގެ ހަރަދުގައި މި އަހަރު ގެންދިޔަ މީހުންގެ ގުރޫޕުގައެވެ.
ރާއްޖެއިން އަލަށް މެނިންގޯކޮކަލް ފެނުމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންނަނީ އަޅަމުންނެވެ.