ރާއްޖޭގެ ސްކޫލުތަކުގައި އަރަބި ބަހާއި ގުރުއާން ކިޔަވައިދޭން ޓީޗަރުން ގެންނަން އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޓީޗަރުންގެ ފުރަތަމަ ބެޗު ރާއްޖެ އައިސްފި އެވެ.
އިންޑިއާގެ "ދަ ހިންދޫ" ނޫހުން ބުނީ އިންޑިއާއިން ރާއްޖެއަށް ޓީޗަރުން ފޮނުވަނީ ރާއްޖޭގެ ހެލްތު މިނިސްޓްރީއާއި އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ފުރަތަމަ ބެޗުގައި ފޮނުވީ ކިހާ އަދަދެއްގެ ޓީޗަރުންނެއް ކަމެއް އެނޫހުގައި ނުބުނެ އެވެ. އަދި ޖުމްލަ ފޮނުވާ ޓީޗަރުންގެ އަދަދެއްވެސް ބުނެފައެއް ނުވެ އެވެ.
އެނޫހުގައި އިތުރަށް ބުނީ ޓީޗަރުންގެ އިތުރުން ރާއްޖެއަށް ބޭނުންވާ ސިއްހީ ދާއިރާގެ މުވައްޒަފުންވެސް އިންޑިއާއިން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން 400 އެއްހާ ސިއްހީ ދާއިރާގެ ބޭފުޅުން އިންޑިއާއިން ފޮނުވާނެ އެވެ. މިއީ ރާއްޖޭގެ ހެލްތު މިނިސްޓްރީއާއި އިންޑިއާ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގެންނަ ބައެކެވެ.
ހެލްތު މިނިސްޓްރީއާއި ހަވާލާދީ ހިންދޫގައި ބުނީ 100 މެޑިކަލް އޮފިސަރުންނާއި 150 ރަޖިސްޓާޑް ނަރުހުންގެ އިތުރުން 100 ސްޕެޝަލިސްޓު ޑޮކްޓަރުން އިންޑިއާއިން ފޯރުކޮށްދޭނެ ކަމަށެވެ. މިއީ ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަމަށްވެސް އެ ނޫހުގައި ބުންޏެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމާއެކު އިންޑާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވަރަށް ގާތް ގުޅުމެއް ވަނީ އުފެދިފައި. ގިނަ ދާއިރާތަކަކުން މިދަނީ ގުޅުން ބަދަހިވަމުން. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ދެގައުމުގެ ގުޅުން އެހެން ހަރުފަތަކަށް ގޮސްފި" ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރަތީޝް އާއި ހަވާލާދީ ދަ ހިންދޫގައި ލިޔެފައި ވެއެވެ.
ދަ ހިންދޫއިން ބުނީ ރާއްޖެއަކީ އިންޑިއާ މީހުން ހިޖުރަ ކުރަން އެންމެ ރައްކާތެރި އެއް މަންޒިލް ކަމަށެވެ. ހާއްސަކޮށް އެކި ދާއިރާތަކުން ތައުލީމު ހާސިލް ކޮށްގެން ތިބި މީހުންނަށް މިއީ ރަނގަޅު ފުރުސަތެއްކަމަށް އެ ނޫހުގައި ބުންޏެވެ.
މީގެ ކުރިން ޢަރަބި އަދި ޤުރުއާން ކިޔަވާ ދޭ ޓީޗަރުން ގެންނަނީ އަރަބިގައުމު ތކުން. ޙާއްސަކޮށް މިސްރުން.
މިހާރު އިންޑިޔާ އިންގެންނަޓާޗަރުން މޮޅީ ކަމަށް ވެދާނެ.
# މިނިސްޓަރ އޮފްއެޑިއުކޭޝަން.