ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުއްރަހީމްއާއި އިންޑިއާގެ ސަފީރު މުނޫ މަހާވަރު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އެހެންނަމަވެސް މި ބައްދަލު ކުރެއްވުމާއި ގުޅޭ އިތުރު ތަފްސީލު ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ނައިބުރައީސް އަހުމަދު ނާޒިމް އަދި މެޖޯރިޓީ ލީޑަރު އިބްރާޙިމް ފަލާހު ބައިވެރިވެވަޑައިގެންފައިވެއެވެ.
+1
+1
+1
+1
+1
+1