ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހް ސްކޫލްގައި އިސްލާމް ކިޔަވާދޭ ޓީޗަރެއްގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަކާއި ގުޅިގެން އެ ސްކޫލުގެ ބެލެނެވރިން މުޒާހިރާ ކުރަން ފަށައިފިއެވެ.
އިސްލާމް ޓީޗަރާއި ދެކޮލަށް ބެލެނެވެރިން މިޒާހިރާ ކުރަނީ އިސްލާމް ޓީޗަރުގެ މައްޗަށް ކުރެވޭ ބަދުއަޚްލާގީ މައްސަލަތަކެއްގެ ތުހުމަތުތަކާއެކުވެސް އެ ޓީޗަރު އަދިވެސް ސްކޫލުގައި ކިޔަވައިދެމުންދާތީއެވެ.
އެނގިފައިވާ ގޮތުގައި އެއީ އެ ސްކޫލުގެ ގްރޭޑް 1 އަދި 2 އަށް ކިޔަވާ ދޭ ޓީޗަރެކެވެ. އަދި އޭނާއަކީ އެ ސްކޫލުގައި ކިޔަވާދެމުންދާތާ ގިނަ އަހަރުތަކެއް ވެފައިވާ ޓީޗަރެކެވެ.
ޅ. ނައިފަރުން މައުލޫމާތު ދިން ފަރާތަކުން ކިޔައިދިން ގޮތުގައި އެ ޓީޗަރަކީ ބަރަަނާ ފޮޓޯތަކެއް ލީކުވި މައްސަލާގައި މީގެކުރިން ސަސްޕެންޑްވެސް ކޮށްފައިވާ ފަރާތަކެވެ. އަދި މި ހަފްތާގައި އޭނާ ފަޅު ގެއެއްގެ ތެރެއިން، މަސްތުވާތަކެތި ބޭނުންކުރާ ޓީޗަރަކާއެކީ ފެނިގެން އެކަމުގެ ޝަކުވާވެސް ގިނަބަޔަކު ކޮށްފައިވާކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ. އެހެންނަމަވެސް ފުލުހުން އޭނާ އެ ސަރަހައްދަށް ދިއުމުގެ އޭނާ ފިލާފައިވާކަމަށް ވެއެވެ.
ބެލެނެވެރިން މުޒާހިރާ ކުރަމުންދަނީ މިފަދަ ޓީޗަރަކު ސްކޫލުގައި ކިޔަވާއިދެމުންދާތީ ކަންބޮޑުވުން ފާޅުކޮށެވެ.