އެލެގްރާގެ ތިން ބެޗެއްގައި ކޮލިޓީ މައްސަލައެއް ދިމާވެފައިވާތީ އެ ބެޗްގެ ބޭސްތައް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ އެލެގްރާ 30 އެމްޖީ/ 5 އެމްއެލް ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބޭސް އުފައްދާފައިވާ ކުންފުނިން އެލާޓެއް ނެރެފައިވާ ކަމަށެވެ.
އެ ތިން ބެޗަކީ:
- އޭއެލް 123019
- އޭއެލް 1223029
- އޭއެލް 1223060
އެހެންކަމުން އެ ތިން ބެޗް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައި ފުޑް އެންގެ ޑްރަގް އޮތޯރިޓީގެ އިއުލާންގައިވެއެވެ.
އަދި އެ ބޭހުގެ ބެޗްތައް ފާމަސީ ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ އީމެއިލް މެދުވެރިކޮށް އެންގުމަށް ވެސް އިއުލާނުގައި އެދިފައިވެއެވެ.
+1
+1
+1
+1
+1
+1