މާލޭގެ ތިން އިމާރާތަކުން ވައްކަންކޮށް ގެއްލުން ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ތިން ގެއަކީ އަމީރުއަހްމަދު މަގުގައި ހުންނަ ތިން ގެ ކަމަށެވެ.
ތިން ގެއަކަށް ގެއްލުން ދިން ކަމާއި ވައްކަން ކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ވަގަށް ގެންދިޔަ ތަކެތީގެ ތަފްސީލާއި ދީފައިވާ ގެއްލުމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިމައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށްވެސް ފުލުހުން އަދި ނުބުނެ އެވެ.
+1
+1
+1
+1
+1
+1