ޤަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކަމުން ދިޔަ މީހަކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކުރެވުނީ ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކުގައެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރަސުލް އުފާ ރިދޯއި (30) އެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބުނާގޮތުން މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަކީ ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތައް ހިމެނޭ ރިޕޯޓެކެވެ. އެ ރިޕޯޓުގައި ބުނާގޮތުން މީނާ ހުއްޓުވައި މީނާ ފޭބިކަމަށް ތުހުމަތުކުރެވޭ ކާރު ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އެ ކާރުގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ކަމަށް ޝައްކުކުރެވޭ ފުޅިތަކެއް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ރަސުލް އުފާ ރިދޯއި އަކީ މީގެކުރިންވެސް ކުށުގެ ރިކޯޑް އޮންނަ ހައްޔަރާއި ބަންދު ލޮގު އޮންނަ ފަރާތެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.