އިންޑިއާ ނޭވީއާއި އެމްއެންޑީއެފް ގުޅިގެން ހިންގާ "އެކްސަސައިޒް އެކަތަ 2024"، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި ފަށައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ، މި އެކްސަސައިޒްގެ ސަބަބުން ދެ ގައުމުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.
މިއީ އިންޑިއާ ނޭވީއާ ގުޅިގެން އެމްއެންޑީއެފުން މި އެކްސަސައިޒް ކުރިއަށްގެންދާ 7 ވަނަ ފަހަރެވެ.
މި ހަރަކާތް ކުރިއަށް ގެންދާ މުއްދަތަކާއި އަދި ހަރަކާތް ކުރިއަށްގެންދާ ސަރަހައްދެއް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ތަފާތު އެކި ގައުމުތަކާއި ގުޅިގެން އަންނަނީ ތަމްރީނުތައް ހިންގަމުންނެވެ.
+1
+1
+1
+1
+1
+1