ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ކުރީގެ ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އަންނައިރު ޖަލަށްލާފަނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.އެކަމަކު ވެރިކަމަށް ކުރިމަތިލައްވަނީ ކޮންމެހެން ވެރިކަން ބޭނުންވެގެންނެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިމަތިލުމުގައި އޮތީ މައިގަނޑު ތިން ކަމެއް. އެންމެ ބޮޑު ކަމަކީ ފޯޅަވަހި ކަނޑުގެ ސަަރަހައްދު ހޯދުމާއި، އަދި ހޯދޭ ކަަމަށް ވަންޏާ ފޯޅަވަހި ހޯދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން. މި ސަރުކާރު އެއް އަހަރު ވެގެން ދިޔައީ އިޓްލޮސްގެ ނެތް ސިޓީއެއް، ކުރީގަ ނިންމާފައި އޮތް ނިންމުން ތިމަންނަމެން އިހުތިޖާޖު ކުރަމޭ،" މިހާރުގެ ސަރުކާރަށް ވަރަށް ބޮަށް ފާޑު ވިދާޅުވަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ. "ދެން އޮތީ އިންޑިއާ އަސްކަރިއްޔާ މިތަނުން ބޭލުން. މި ދެ ކަންތައް ޙައްލު ކުރުމަށްޓަކައި ވެސް، އަޅުގަނޑު ބޭނުންވޭ ޚިދުމުގެ ފުރުސަތު ލިބުން."
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެރުވި އެވެ. އެކަމަކު އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުނީ ޖަލު އިއްވި ޖަލު ހުކުމަކާ ގުޅިގެންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިިއރު އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުންނާއި ކޯޓުތަކުގައި އެބަހުއްޓެވެ.