އެންޓި-ކޮރަޕްޝަން ކޮމިޝަން, އޭސީސީ ގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ.
ސަލާމާއި ތޯހާ ވަކިކުރުމަށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާއެއްކޮށް، އެ ދިރާސާގެ މައްޗަށް ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދުގެ ޖަލްސާގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މަޖިލީހުގެ ތަޅުމަށް އިއްވެވި އެވެ.
ސަލާމާއި ތޯހާ ދެ މެންބަރުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓުގެ ގަޑީގައި ވޯޓަށް އަހަން ވެސް ނިންމާފައިވެ އެވެ.
+1
+1
+1
+1
+1
+1