އިލެކްޝަން ކޮމިޝަން އީސީ) ގެ ދެ މެންބަރަކު މަގާމުން ވަކިކުރުމާ ގުޅިގެން، ކޮމިޝަނަަށް ހުސްވި މެންބަރުންގެ މަގާމަށް ދެ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް ފޮނުއްވި ދެ ނަމަކީ މުޙައްމަދު ޒާހިދާއި އަބްދުއްރަހުމާން ސޮލާހު ރަޝީދުގެ ނަމެވެ.
އީސީގެ ދެ މެންބަރަކު މަގާމުން ވަކިކުރީ ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން މިދިޔަ މަހުގެ ތެރޭގަ އެވެ. ދެ މެންބަރެއްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 24 ގައި ވަކިކުރީ ނައިބުގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފެވެ.
އޭގެ ފަހުން އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ މިިދިޔަ މަހުގެ 27 ގަ އެވެ.
+1
+1
+1
+1
+1
+1