މެޑިކަލް ޓޫރިޒަމަށް ހާއްސަކޮށްގެން އެމްއެމްޕީއާރްސީން އޭޑީކޭ ހޮސްޕިޓަލާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމެއްގައި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އެވެ.
އެ ކުންފުނިން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި މެޑިކަލް ޕްރޮމޯޓްކުރަން އޭޑީކޭއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. ޝިއުރީ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިންދަފާތު ކުރުމަށްޓަކައި ހަމައެކަނި ލަގްޒަރީ ޓޫރިޒަމަށް އިސްކަން ދިނުމުގެ ބަދަލުގައި ތަފާތު ދާއިރާތަކަށް ވެސް މިހާރު ފޯކަސް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން މެޑިކަލް ޓޫރިޒަމަކީ ރާއްޖެ އަށް ކުރިމަގު އޮތް ކާމިޔާބު ކަމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
+1
+1
+1
+1
+1
+1