އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ދިމާވި ސިއްހީ މައްސަލައެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުން އުއްތަމަ ފަނޑިޔާރަށް ސިއްހީ މައްސަލައެއް ދިމާވީ ބ. ފުޅަދޫގައި ހުންނަވަނިކޮށެވެ.
ސުޕްރީމް ކޯޓު މި ވަގުތު ރިސެސްގައި އޮތްއިރު އުއްތަމަ ފަނޑިޔާރު އެރަށަށް ވަޑައިގެންނެވީ ޗުއްޓީއެއްގަ އެވެ.
ސިއްހީ މައްސަލައެއް ދިމާވުމުން އުއްތަމަ ފަނޑިޔާރު މާލެ ގެނެސްފައިވަނީ ރޭ ދަންވަރު އެވެ.
އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރެ އެވެ.
+1
+1
+1
+1
+1
+1