ހަންގޭރީން ލިބިފައިވާ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ހަޔަރ އެޑިއުކޭޝަން ބުނީ "ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަޝިޕް 2025-2026" ގެ ނަމުގައި ޖުމްލަ 25 ފުރުސަތު ލިބިފައިވާ ކަމަށެވެ. މި ސްކޮލަޝިޕްގެ ފުރުޞަތުތަކުގެ ތެރޭގައި ހިމެނެނީ ބެޗްލާސް ޑިގްރީގެ އަށް ފުރުސަތާއި، މާސްޓާސް ޑިގްރީގެ 14 ފުރުސަތުގެ އިތުރުން ތިން ޑޮކްޓަރަލް ޑިގްރީގެ ފުރުޞަތެވެ.
ޝަރުތުތަކުގެ އިތުރުން ތިން ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. އެގޮތުން، މިނިސްޓްރީން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަ އެޑިޔުކޭޝަން މެދުވެރިކޮށް، ލޯނެއް ނަގައިފައިވާ ނަމަ އެ ލޯނު ޤަވާޢިދުން ދައްކާ ފަރާތެއް ކަމުގައިވުމާއި އެދޭ ކޯހަކީ މިހާރު ފުރިހަމަކޮއްފައިވާ ކޯހަށް ވުރެ މަތީ ކޯހަކަށްވުމުގެ އިތުރަށް އެދޭ ފެންވަރުގެ ކޯހާއި އެއް ފެންވަރުގެ ކޯހެއް މިހާރު ދަޢުލަތުގެ ޚަރަދުގައި ފުރިހަމަކު ރަމުން އަންނަ މީހަކަށް ނުވުން ހިމެނެއެވެ.
ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ހުށަހެޅުމުގެ ސުންގޑި އަކީ އަންނަ މަހުގެ 15 އެވެ.