މީލާދީ އައު އަހަރު ފާހަގަ ކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ހަވާ އެރުވުވުމާއެކު ހާއްސަ ޝޯއެއް ބާއްވައިފިއެވެ.
ރޭގެ ޝޯ ބަލާލުމަށް ގިނަ އަދަދެއްގެ އާންމުން ވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދަށް ޖަމާވެފައެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލުގައި ބޮޑުބެރާއި ސަގާފީ ނެށުންތައް ގެނެސްދިނެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިސްނަގައިގެން ބާއްވާ ފުޑް ފެސްޓިވަލް މިއަދު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް މި ފެސްޓިވަލްގައި އާއިލާތަކަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެމްޕީއާރްސީގެ މި އިސްނެގުމަކީ ޓޫރިޒަމް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި މާލެ ސިޓީ ކައުންސިލް އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ފުލުހުންނާއި ސިފައިންގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ދިރާގާއި އުރީދޫ އާއި މޯލްޑިވިއަންގެ އިތުރުން އޭސް ޓްރެވަލްސް އަދި ގަލްފް އެއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.