ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން އެކްސްގައި ހިއްސާ ކުރި ޕޯސްޓުގައި ބުނީ ހުޅުމާލެއަށް ކަރަންޓު ދޭ ފީޑަރ ތަކުގެ ތެރެއިން ފީޑަރެއް ޓްރިޕް ވުމާއި ގުޅިގެން، ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ކަރަންޓު ކެނޑިފައިވަނީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
އަދި ފުރަތަމަ ފިޔަވަހީގެ 3 ޓްރާންސްފޯމަރެއް މިހާރު އެނަޖައިޒްކޮށް ކަރަންޓުދެވިފައިވާއިރު، ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ޑިސްޓްރިބިއުޝަން ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވުމުގެ ސަބަބުން ރޭ މާލޭގެ ބައެއް ސަރަހައްދުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ.