ރެސްޓޯރެންޓު އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މާލޭގައި ސުލްހަވެރި އިހުތިޖާޖެއް ކުރަން ނިންމައިފި އެވެ.
މާދަމާ ބާއްވަން ހަމަޖެހިފައިވާ އެ އިހުތިޖާޖުގެ ނަމަކީ "ކާންދޭ އަތުގައި ދަތް ނާޅާ" އެވެ. ކާނިވާ ސަރަަހައްދުގައި ބާއްވާ މި އިހުތިޖާޖުގައި ރެސްޓޯރެންޓު ފިޔަފާރީގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވާން ދައުވަތު ދޭކަމަށް ރޭމް އިން ބުންޏެވެ.
އެޖަމިއްޔާއިން ބުނީ އިހުތިޖާޖު ބާއްވަނީ ރެސްޓޯރެންޓު ވިޔަފާރީގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގައިވެސް ދަންނަވައި އެކަމަށް އެކަށީގެންވާ އިޖާމައެއް ދީފައި ނުވާތީ ކަމަށެވެ.
ރެސްޓޯރެންޓުތަކުގެ ވެރިން އިހުތިޖާޖަށް ނިކުންނައިރު ރެސްޓޯރެންޓު އަދި ކެފޭތަކުގައި ޑައިނިންގެ ހިދުމަތް ދިނުން މާލެ ސަރަހައްދުގައި މަނާކޮށްފައި އޮންނަތާ މަހަކަށްވުގެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ މި ފިޔަވަޅު އިތުރު ހަފްތާއަކަށް ނުވަތަ އެއަށްވުރެއް އިތުރަށް ދިގު ދެމިގެންދާނެ ކަމަށް ބެލެވެ އެވެ.
މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓުތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. ހަމައެކަނި ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތަށް އެންމެ އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން ވަރަށް ގިނަ ތަންތަން ވަނީ ބަންދުވެސް ކޮށްފަ އވެެ.
ކޮވިޑުގެ ހަތަރުވަނަ ރާޅެއް މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ފެށުނުއިރު އޭގެ ކުރިން ނެގި ތިންވަނަ ރާޅާއެކުވެސް ކެފޭ ރެސްޓޯރެންޓުގެ ހިދުމަތްތައް މެދުކަނޑައިލަން ސަރުކާރުން އެންގި އެވެ. އެފަހަރުވެސް ރެސްޓޯރެންޓުތަކާއި ކެފޭތަކުގެ ހިދުމަތް އަލުން ދިނުމުގެ ހުއްދަ ދިނީ އެތަންތަނުގެ ވެރިން އިހުތިޖާޖަށް ނިކުތުމުން ސަރުކާރަށް ޕްރެޝަރު ބޮޑުވެގެންނެވެ.
މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރެންޓުތަކުގައި މިހާރު ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ދެވެނީ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ.
މިހާރު ކޭސް ތައް މާމަދު ވެއްޖެ ދޯ؟ ރެސްޓޯރެންޓް ނުހުޅުވި ލަސްކުރެވޭނީ މީހުން އެއްތަން ވެލާ ކޭސްތައް ތަންކޮޅެއް ގިނަކޮށްލީމަތާ! ހިނގާ މަވެސް ދާނަން!