ރޭ އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް، ސައިކަލެއްގައި ދިޔަ ދެ މީހަކުވެގެން މަރުތޭލަކުން ދިން ހަމަލާއާ ގުޅިގެން މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި ފުލުހަކަށް ވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެގޮތުން ފުލުހެއްގެ އަތަށް އަނިޔާވެފައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ރޭގެ މާރާމާރީ ފުލުހުންނަށް ރިޕޯޓްކުރ 08:41 އެހާކަށްހާ އިރު އެވެ. ބަޔަކު މަރުތޭލަކުން ދިން ހަމަލާގައި އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އޭނަ އަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މާލޭގައި ރޭ މާރާމާރީއެއް ހިންގައި ބަޔަކު ޒަހަމްކޮށްލި އިރު، އިއްޔެ މެންދުރު ފަހު މާލޭގެ ކެފޭއެއްގެ ތެރޭގައި ބިދޭސީންތަކެއް ވެސް މާރާމާރީ ހިންގާފައިވެ އެވެ. އެ މާރާމާރީގައި އަނިޔާވި މީހާ އަށް ވެސް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް މާރާމާރީގެ 64 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.