މާލޭގެ ފިހާރައަކުން ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި މީހަކު އަނެއްކާ ވެސް ވައްކަމެއްކޮށްގެން ހައްޔަރުކޮށްފި އެެވެ.
ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ އަތަމާގޭ، އިހްސާން އިބްރާހީމް، 26، އެވެ.
ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ. އިހްސާން ވައްކަންކޮށްގެން ހައްޔަރުކުރި ނަމަވެސް އެ ވައްކަމާ ބެހޭ ތަފުސީލެއް ސާފެއް ނުވެ އެވެ. ނަމަވެސް ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ގޮތުން ތުހުމަތު ކުރެވޭ މިންވަރަށް އޭނަގެ މައްޗަށް ހެކި ހުށަހަޅައިފަ އެވެ.
އެހެން ދެ މީހަކު ބެސް ބައިވެރިވެގެން ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި މައްސަލައިގައި އިހްސާން ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު އޭނަ ބަންދުކުރީ 30 ދުވަހަށެވެ.
+1
+1
+1
+1
+1
+1