ވިޔަފާރި އުސޫލުން ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަ މަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަނޑައަޅައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަނުން ރޯދަ މަހު ހިދުމަތް ދެވޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00އާ ހަމައަށެވެ.
ހަ ރޯދައިގެ ދުވަސްވަރު އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށްވެސް ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި މުދާ ވިއްކާ ތަންތަން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށެވެ.
އިކޮނޮމިކް މިނިސްޓްރީން 24 ގަޑިއިރު ހިދުމަތް ދިނުމަށް ހުއްދަ ދޫކޮށްފައިވާ ވިޔަފާރިތަކުންވެސް ރޯދަ މަހާ ގުޅުވަޑައިގެން ކަނޑައަޅާފައިވާ ގަޑިތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އަންގާފައިވެ އެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުގައި ރާއްޖެއަށް މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ކުރިއަށް އޮތް މާޗު 1 ވަނަ ދުވަހެވެ.