ސައްހަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި ދެ މީހަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
މި މައްސަލައިގައި ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ހަސަން ޝާން، ހ. ފެންތިލަގެ / މާލެ (44އ) އަދި އަހްމަދު ޒަޔާން، ކަށިފަށުވިގެ / ސ.ހިތަދޫ (25އ) އެވެ.
ފުލުހުން ބުނީ މި ދެ މީހުން ތަހުގީގަށް ހާޒިރުވާން އާންމުކޮށް އިއުލާންކުރީ އެ އިދާރާގެ އެންޓި- ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސައްޙަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
މި ދެ މީހުން ހާޒިރުކުރަނީ މި މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެ އެވެ.
އެގޮތުން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް މި މަހުގެ 18 ވަނަ ދުވަހު ހާޒިރުވުމަށް މި ދެ މީހުންނަށް ވަނީ އަންގައިފަ އެވެ.