ދިވެހި ލަވަ އަށް އިންގިލާބެއް ގެނުވި މަޝްހޫރު މުހައްމަދު މާޖިދު (މެޒޯ މޯޑު) ދެންމެ ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައިވާ ކަމަށް އެނގިފައި ވެ އެވެ.
މެޒޯ މޯޑަކީ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕަ އެވެ.
ނިޔާވި އިރު މެޒޯ މޯޑުގެ އުމުރަކީ 59 އަހަރެވެ.
މެޒޯ މޯޑަކީ ރާއްޖޭގެ މިއުޒިކް ދާއިރާއަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.މެޒޯ މުހައްމަދު މިއުޒިކުގެ ދާއިރާގައި ކުރި ހިދުމަތުގެ އަގު ވަޒަންކޮށް 2010، ގައި މިއުޒިކުގެ ދާއިރާއިން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ސަރުކާރުން ދިނެވެ.
އޭނާ ވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
+1
+1
+1
+1
+1
+1