ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ޔިޓާނަސް ނައުސިއެދާއާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޔިޓާނަސް ޕަލޫކަސްއާއި، އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ނައުސިއެދާ އާއި ބޮޑުވަޒީރު ޕަލޫކަސް އަށް ރައީސް ޑރ. މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ލިތުއޭނިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ ގޮތުގައި ފާހަގަ ކުރަނީ އެޤައުމުގެ މިނިވަންކަމުގެ ޤަރާރުގައި ސޮއިކުރި ދުވަހެވެ. އެއީ 1918 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހެވެ.
+1
+1
+1
+1
+1
+1