ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި އޮމާނަށް ވަޑައިގަންނަވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޑރ. ޚަލީލްގެ އޮމާނަށް ވަޑައިގެންނެވީ ފެބުރުވަރީ 16 އިން 17 އަށް މަސްކެޓްގައި ބާއްވާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މި ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ "ވޮޔޭޖު ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަރޝިޕް" އެވެ.
އޮމާނަށް ވަޑައިގެންނެވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޚަލީލް ވަނީ އޮމާންގެ ސަރުކާރުން ދެއްވި ހޫނު މަރުޙަބާއާއި މެހުމާންދާރީއަށް ޝުކުރު ދަންނަވައިފައެވެ.
މީގެ އިތުރުން، ކޮންފަރެންސްގެ ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
+1
+1
+1
+1
+1
+1