މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތިން މެނޭޖިން ޑިރެކްޓަރަކު މަގާމުން ވަކިކޮށްފި އެވެ.
މިފްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިކަން ކަށަވަރުކޮށްދިން ނަމަވެސް ވަކިކުރީ ކޮން ބޭފުޅުންނެއް ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
އެ މެނޭޖަރުން ވަކިކޮށްފައިވަނީ މެނޭޖުމެންޓު ޕާފޯމަންސް ރިވިއުއަށް ބެލުމަށް ފަހުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ވެސް ބޮޑަށް ހަރުދަނާ ކުރުމަށް މިހާރު ކުރިޔަށްގެންދާ އިސްލާހީ އެޖެންޑާގެ ދަށުން މެނޭޖުމެންޓު ޕާފޯމަންސް ރިވިއުކޮށް ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށް މިފްކޯ އިން ބުންޏެވެ.
މިފްކޯއިން ބުނިގޮތުގައި މި އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުމެވެ.