އުންމީދަކީ ރާއްޖެ އާއި ސިންގަޕޫރާ ދެމުދު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ހަރުދަނާވުން ކަމަށް ރައީސް ޑރ. މުހައމްަދު ވިދާޅުވުވެއްޖެ އެވެ.
ދެ ގައުމުން ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަށް 50 އަހަރު ފުރުމާ ގުޅިގެން ރައީސް ވަނީ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމާއި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް އަށް ތަހުނިޔާ ވެސް ފޮނުއްވައިފަ އެވެ.
އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީތަކުގައި، ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި އެ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި ދެ ޤައުމުގެ ކުރިމަގަށް މުހިންމު އެކިއެކި ފުރުޞަތުތައް ހޯދުމަށް ދެ ޤައުމު ގުޅިގެން މުސްތަގުބަލުގައި މަސައްކަތް ކުރުމުގެ އުންމީދު ވެސް އެ މަނިކުފާނު އާ ކުރެއްވި އެވެ.
ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި ވިޔަފާރީގެ ގުޅުމަށް އިޝާރާތް ކުރައްވައި، ރައީސް ވަނީ ދެ ޤައުމުގެ ސިޔާސީ ގުޅުންތައް ބަދަހި ކުރުމުގައި ވޭތުވެ ދިޔަ އަހަރުތަކުގައި ދެ ޤައުމުގެ މަތީ ފަންތީގެ މުޢާމަލާތްތައް އިތުރުވެފައިވުމަކީ އެކަން ފަހިވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރި ކަންގައް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުތީ ފެބްރުއަރީ 20، 1975 ގަ އެވެ.